ޚަބަރު

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް ނަޝީދު ގދ. އަތޮޅަށް ފުރާވަޑައިގެންފި

އަލީ ޔާމިން

1

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް ނަޝީދު ގދ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެންބަރުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގދ އަތޮޅަށް ދަތުރު ފައްޓަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު "ވަން" އަށް ވިދާޅުވީ، ގދ އަތޮޅަށް އެމްޑީޕީގެ ޓީމު ފުރާވަޑައިގެންފައިވަނީ މިއަދު 2:30 ހާއިރު ކަމަށެވެ. އަދި އެ ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މިރޭ ގދ ގައްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވާނެ ކަމަށާއި މާދަމާ ރޭ ތިނަދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ގއ އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށް އެމްޑީޕީން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟