ކަރަންޓުގެ ހިދުމަތް ދިނުމުގައި ހާއްސަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅަކަށް ސްޓެލްކޯގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފިއެވެ.
ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ސްޓެލްކޯގެ ޗެއާމަން ގ. ދުވަރުސާ، މުހައްމަދު ރަޝީދާއި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހ. މިޔަލަނި އަބްދުއްޝަކޫރު ސޯލިހު އަދި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހ. ހިކަރީ އަހުމަދު އާދަމެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑުގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ފާއިތުވެދިޔަ 70 އަހަރުގެ ތެރޭގައި 35 އަހަރަށްވުރެ ދިގު މުއްދަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ސިނާއަތަށް ހިދުމަތްކޮށްދެއްވާފައިވާ 21 ބޭފުޅަކަށް ވަނީ ޕްލެޓިނަމް އެވޯޑު ލިބިވަޑައިގެންފައެވެ. އެ ބޭފުޅުންނަކީ؛
އޭގެ އިތުރުން ފަސް ބޭފުޅަކަށް ވަނީ ސްޕެޝަލް ރިކޮގްނިޝަން އެވޯޑު ލިބިވަޑައިގެންފައެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މއ. ގުލާބީހިޔާ، އިބްރާހިމް އާތިފާއި ގ. އާބިން، އިބްރާހިމް ހަސަނާއި މ. ފީރޯޒްވިލާ، އަހުމަދު ސަމީރާއި މ. މާޑު، މުހައްމަދު ރަޝީދު އަދި އދ. ފެންފުށި، މީނާޒް، ޑރ ޒައިދު މުހައްމަދެވެ.