އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު އުފައްދަވައި މެންބަރުން އައްޔަން ކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޯޑެއް އުފައްދާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެެވެ.
ޗެއާޕާސަން އާއެކު ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ފަސް މެންބަރުން އައްޔަން ކުރައްވައިފައެވެ.
ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.
ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛
1. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ޗެއާޕާސަން)
2. އަހުމަދު ޝަރީފް ( ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު)
3. ޑރ. މުހައްމަދު އާދިލް
4. އަޖުވަދު މުސްތޮފާ
5. އިބްރާހިމް ނައީމް
6. ޝުހާދު އިބްރާހިމް
7. ޝިފާޒް އަލީ