ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި ސްވިމިން ޕޫލްއެއް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ ފުރަތަމަ 100 ދުވަހު ޕޫލްގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ވައުދު ކަމަށްވާ މާލޭގެ ސްވިން ޕޫލް ގާއިމުކުރުމުގެ މަސައްކަތް ކުރުމަަށްޓަކައި މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއާ ބައްދަލުކުރައްވާފައިވާ ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.