އަލީ ޔާމިން
ބައިސްކަލެއްގައި ޖެހި ކޮންޓްރޯލުން ނެއްޓުނު ކާރަކުން ޖެހި ފާރެއް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާ ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 10:45 ހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގި ވަގުތު ބައިސްކަލުގައި ކާރު ޖެހި ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހުމުގެ ސަބަބުން ފާރު ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގި އިރު ބައިސިކަލް ދުއްވަން އިނީ ދިވެހި އަންހެނެއް ކަމަށާއި ކާރު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާވެގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.