ޚަބަރު

މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް މާދަމާ ހާޒިރު ކުރައްވަނީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މާދަމާ ހާޒިރުކުރުމަށް މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން ޒިޔަތު އެ ކޮމިޓީއަށް ހާޒިރުކުުރުމަށް ފާސްކޮށްފައިވަނީ އެކޮމެޓީން ބަލަމުން އަންނަ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގަ އާއި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އޭނާގެ ހިޔާލު ހޯއްދެވުމަށެވެ.

އޭގެއިތުރުން އޮޑިޓާ ޖެނެރަލް އޮފީހަށް އެކްސްޓާނަލް އޮޑިޓަރެއް ހަމަޖެއްސުމުގެ މައްސަލާގައި ކޮމިޓީގައި މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

ޒިޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ، މާލިއްޔަތު ކޮމިޓީން އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތާ މެދު އޮޑިޓާ ޖެނެރަލްގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.