އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައަކާއި ގުޅިގެން އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކ، އއ، އދ، ވ ހިމެނޭ ޑިވިޝަންގެ ރަށަކަށް ނިސްބަތްވާ އެކުއްޖާއަށް ޖިންސީގޯނާ ކޮށްގެން 31 އަހަރުގެ މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
އެމައްސަލައާ ގުުޅިގެން ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ދެކެވޭ އަޑު އިވިފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރުމަށް އެދިފައެވެ.