ޚަބަރު

ދެ މީހަކު، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

އިތުބާރު ހުރި މަގާމެއްގައި ތިބި ދެ މީހަކު، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ނޯތު ޕޮލިސް (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެ މީހުން، ކުއްޖާއަށް ޖިންސީ ގޯނާކުރީ މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން ކަމަށް ތުހުމަތުކުރާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.