ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ދެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުއެވެ.