އިބްރާހިމް ޒަކީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހުސެއިން މުހައްމަދު ހަނީފް ހ. ވަލަންޖު އެ މަގާމަށް އައްޔަން ކުރަން އެކަށީގެން ނުވާ ކަމަށް ނިންމައި އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ހުސެއިން މުހައްމަދު ހަނީފްގެ ނަން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސް ކޮށްގެންނެވެ.
އެ ރިޕޯޓް ފާސްކުރީ މިއަދުގެ ޖަލްސާއަށް ވަޑަިގެންނެވި 70 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ، ޓެކްސް އެޕީލް ޓްރައި ބިއުނަލްގެ ހުސްވެފައިވާ ގާނޫނީ ދާއިރާގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ހުސެއިން މުހައްމަދު ހަނީފް އާ ކޮމިޓީން އިންޓަވިއު ކޮށްފައިވާ ކަމަށެވެ.
އަދި އެ އިންޓަވިއުއާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކޮށް، ޓްރައި ބިއުނަލަށް އައްޔަން ކުރުމަށް ރައީސް ނަަން ފޮނުއްވާފައިވާ ހުސެއިން މުހައްމަދު ހަނީފް އަކީ އެ ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރުމަށް އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތެއްނޫންކަމަށް ކޮމިީގެ މެންބަރުން ފާހަގް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެެހެންކަމުން އެ ޓްރައިބިއުނަލް ގެ މެންބަރުކަމަށް އައްޔަންކުރަން ހުސެއިން މުހައްމަދު ހަނީފް އަށް ރުުންދޭން ނުފެންނަ ކަމަށް ޖުޑީޝަރީގެ ކޮމިޓީން އެކަމަށް ބޭއްވި ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދެއްވި ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.