ޚަބަރު

ޗާނދަނީ މަހުގައި ހުންނަ ބިގްމޭންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލީ ޔާމިން

ޗާނދަނީ މަގުގައި ހުންނަ ބިގްމޭން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ހިފީ އެ ކެފޭގެ ބަދިގޭގައި ކަމަށާއި ނަމަވެސް އެމްއެންޑީއެފްގެ ފަޔާ ޓީމުގެ އެހީތެރިކަމާއެކު މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލިފާނުގެ ސަބަބުން އެ ކެފޭއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި ބިދޭސީއަކު ފިހިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އާންމު ކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ ބިދޭސީ މީހާ ފިހިފައިވަނީ މަގުގެ ދުވާރުމަތިން ހިނގާފައި ދަނިކޮށް އަލިފާނުގެ އަސަރުކޮށްފައިވާ އައުޓް ޑޯ ޔުނިޓެއް ވެއްޓުމުގެ ސަބަބުންނެވެ.