ޚަބަރު

5ޖީ ސަޕޯޓްކުރާ ސެމްސަންގެ ފުރަތަމަ ފޯނާއެކު ގެލެކްސީ އެސް 20 ސީރީޒްގެ ފޯނުތައް ދިރާގުން ލޯންޗުކޮށްފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ތައާރަފްކުރި ކުންފުނި، ދިރާގުން 5ޖީ ސަޕޯޓްކުރާ ސެމްސަންގެ ފުރަތަމަ ފޯނު ގެލެކްސީ އެސް20 އަލްޓްރާއާއެކު ގެލެކްސީ 20 އަދި ގެލެކްސީ އެސް20+ ލޯންޗުކޮށް، ޕްރީއޯޑަރަށް ހުޅުވާލައިފިއެވެ.

މިއީ ދިރާގާއި ސެމްސަންގަށް ވެސް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. އެއީ އެސް 20 އަލްޓްރާ 5ޖީ އަކީ ދެކުނު އޭޝިއާގައި ލޯންޗުކުރާ ފުރަތަމަ ސެމްސަންގްގެ ފުރަތަމަ 5ޖީ ފްލޭގްޝިޕް ސްމާޓްފޯނެވެ.

އެ ފޯނުތައް ލޯންޗުކޮށްދެއްވީ ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރާއި ސެމްސަން ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫގެ އިތުރުން ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ އަދި ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދެވެ.

ދިރާގުން ބުނީ، މިއަދުން ފެށިގެން ދިރާގު ވެބްސައިޓު މެދުވެރިކޮށް ސެމްސަން ގެލެކްސީ އެސް20 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި ޕްރީ އޯޑާ ކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ވަނީ ތައާރަފްކޮށްފައެވެ.

އެގޮތުން ގެލެކްސީ އެސް20 އަށް ޕްރީ އޯޑާކުރާ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ބޯނަސް ޑޭޓާގެ ގޮތުގައި ކޮންމެ މަހަކު 5ޖީބީ ހިލޭ ލިބޭނެއެވެ. އަދި ގެލެކްސީ އެސް20+ އަދި އެސް20 އަލްޓްރާ 5ޖީ ޕްރީ އޯޑަރުކުރާ ކޮންމެ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ކޮންމެ މަހަކު 10 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން ގެލެކްސީ އެސް20+ އަދި އެސް20 އަލްޓްރާ 5ޖީ ޕްރީ އޯޑަރުކުރާ ކޮންމެ ކަސްޓަމަރުންނަށް ގެލެކްސީގެ އެންމެ ފަހުގެ ބަޑްސް+ ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.