މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ސ. ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ)އާއި ހަވާލު ކޮށްފިއެވެ.

ޕްލޭނިންގް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިއަދު ޕްލޭނިންގް މިނިސްޓްރީގައި މި ކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ؛

  • އެއް ކޮންކްރީޓް ބްރިޖުގެ މަސައްކަތް،
  • އެއް ރޭމްޕްގެ މަސައްކަތް،
  • ބަނދަރު ފުންކުރުމުގެ މަސައްކަތް،
  • ދެ ނެރުބައްތި ޖެހުމުގެ މަސައްކަތް،
  • 12 މޫރިންގް ބްލޮކްސްގެ މަސައްކަތް،
  • 2250 ސްކެއާ މީޓަރު ޕޭމަންޓް ހެދުމުގެ މަސައްކަތް،
  • 36 ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް،
  • 624 މީޓަރު ރިވެޓްމަންޓްގެ މަސައްކަތް،
  • 742 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް،
  • 25 މީޓަރު ގްރޮއިންގެ މަސައްކަތް އަދި
  • 114 މީޓަރު ބޮޑުހިލައިގެ ނެރު ފައިކަށީގެ މަސައްކަތެވެ.

ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެމްޓީސީސީއާއި މިއަދު ހަވާލު ކުރެވުނު މި މަސައްކަތަކީ ޖުމުލަ -/65،134،884.09 ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 375 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.