ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ ކުރިން އެވާހަކަ ވިދާޅުވި: ރައީސް މައުމޫން

1

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް މައުމޫނު އަބްދުލްގައްޔޫމް އަށް އެވާހަކަ ހިއްސާކުރުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް މައުމޫނު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ މެންބަރު މުސްތަފާ އެމްޑީޕީ އަށް ސޮއި ކުރެއްވުމުގެ ކުރިން އެމަނިކުފާނު އަރިހުގައި އެވާހަކަ ވިދާޅުވި ކަމަށެވެ. ރައީސް މައުމޫނު ވަނީ މުސްތަފާއަށް އެކަމާ ގުޅިގެން ޝުކުރު އަދާކުރައްވާ ހެޔޮ އެދުން އެދިފައެވެ.

އެމްޑީޕީ އަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ސޮއި ކުރެއްވީ ރޭ މާގިރީ ހޮޓެލްގައި ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ބައިވެރިވެ ވަޑައިގަތެވެ.

ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ އެބޭފުޅާ އަކީ އަބަދުވެސް އެމްޑީޕީ ބޭފުޅެއް ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގައި ވެސް އެމްޑީޕީ މެންބަރަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ހިދުމަތް ކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟