ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ދަށުން 20 ރަށެއްގައި 48 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ކައުންސިލްތަކާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ލާމަރުކަޒީ ނިޒާމުގެ ދަށުން 20 ރަށެއްގައި ޖުމުލަ 48 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ހެލްތު މިނިސްޓްރީން ކައުންސިލްތަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮޖެކްޓުތައް، ޕީއެސްއައިޕީ ތަކުގެ ތެރެއިން މި 20 ރަށުގެ ޕްރޮޖެކްޓުތައް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. ހެލްތު މިނިސްޓްރީން ކައުންސިލްތަކާ ހަވާލު ކުރި ޕްރޮޖެކްޓު ތަކަކީ؛

  • ހއ.މާރަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓު،
  • ހއ.ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ހއ.ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ހދ.ވައިކަރަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ހދ.މަކުނުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ހދ.ފިނޭ ސިއްހީ މަރުކަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް،
  • ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ރ.ވާދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ރ.ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • އއ.ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • އދ.ދިގުރަށް ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • އދ.ދަނގެތި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • މ.މުލައް ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ލ.މާމެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ގއ.މާމެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ގދ.ދެއްވަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ގއ.ނިލަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ގދ.ފިޔޯރީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު،
  • ގދ.މަޑަވެލި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު އަދި
  • ސ.ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު އެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މި ޕްރޮޖެކްޓުތައް ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައި ބުނެފައިވާ ގޮތުގައި ފަސް މިލިއަނަށް ވުރެ މަދުން ހޭދަ ކުރާ ޕްރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލު ކުރަން ޖެހެއެވެ.

މިއަދު ހެލްތު މިނިސްޓްރީން ކައުންސިލްތަކާއި ހަވާލު ކުރި 20 ޕްރޮޖެކްޓުގެ ތެރެއިން 18 ޕްރޮޖެކްޓަކީ މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓުތަކެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ. އެއީ ގދ. މަޑަވެލި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު އަދި ސ. ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު ފިޔަވައި ދެން ހުރި ހުރިހާ ޕްރޮޖެކްޓުތަކެކެވެ. ސ. ހުޅުމީދޫ އަދި ގދ. މަޑަވެލީގެ މަސައްކަތްތަކަކީ މިހާރުވެސް ހިންގަމުން އަންނަ ޕްރޮޖެކްޓްތަކެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.