ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ރީތިގަސް މަގާއި އަސުރުމާ ހިނގުން ގުޅޭ ހަތަރުއަނގޮޅި ކަންމަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:25 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 49 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެމީހާއަށް ސީރައަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދު ވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ. އަދި އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.