ޚަބަރު

ޗައިނާގެ ސަފީރު، ނަޝީދަށް: ލީޑަރުންނަކީ އެއް ގައުމު އަނެއް ގައުމާ އަޅައި ކިޔާނެ ބޭފުޅުންނެއް ނޫން

1

ލީޑަރުންނަކީ އެހެން ގައުމަކަށް ތައުރީފުކުރާ އިރު، އެހެން ގައުމަކާ އަޅައި ކިޔާނެ ބޭފުޅުންނަށް ނޫން ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ގުޖުރާތުގައި ކުރިއަށްގެންދާ "އައިޑީއާސް ކޮންކްލޭވް"ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އިންޑިއާއަކީ ރާއްޖެ އަދި އަވަށްޓެރި އެހެން ގައުމުތަކަށް ވެސް އޮތް ބިރެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެއާ ހިލާފަށް އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކާ މެދު ޗައިނާ އިން އަމަލުކުރަމުންދަނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދުދެއްވުމަށް ޗައިނާގެ ސަފީރު ލިޒޯންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލީޑަރުންނަކީ އެބޭފުޅުންގެ ދައުރު ފުރިހަމަކުރުމަށް އެއް ގައުމަކަށް ތައުރީފުކުރާ އިރު، އެގައުމާއި އެހެން ގައުމަކާ އަޅައި ކިޔާނެ ބޭފުޅުންނެއް ނޫން ކަމަށެވެ.

އިންޑިއާގެ ކަނޑުގައި ހިމެނޭ ގައުމުތަކާ ޗައިނާ އިން ގުޅުން ބަދަހިކުރަނީ "ޕީސްފުލް ކޯއެގްސިސްޓަންސް"ގެ ފަސް އަސާސްގެ މައްޗަށް ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެގައުމުން އެގޮތަށް އަމަލުކުރަމުންގެންދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟