ޚަބަރު

ބިޔަ ބޮޑު ޖަލްސާއަކުން އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށައިފި

ބިޔަ ބޮޑު ޖަލްސާއަކުން އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށައިފިއެވެ.

ކާނިވާ ސަރަހައްދުގައި ކުރިއަށް ގންދާ މި ޖަލްސާ ފެށީ "މިއީ މަގޭ ރާއްޖެ" ގެ ނަމުގައެވެ.

މި ޖަލްސާގައި ބައިވެވިމީހުންގެ އަދަދު ގިނަކަމުން އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ އެ ކެނޑިޑޭޓުންގެ ގޮނޑިތައް ޖަލްސާއަށް ހާޒިރުވި މީހުންނަށް ހާއްސަ ކޮށްފައެވެ.

މި ޖަލްސާގައި ލޯކަލްކައުންސިލް އިންތިހާބުގައި ޕީޕީއެމުން ކުރިއަށް ގެންދަން ނިންމާފައިވާ، ސިޔާސަތުތަކާއި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިފިނަމަ ރަށްރަށުގެ ތަރއްގީއަށް ކުރިއަށް ގެންދާނެ ސިޔާސަތިތަކަށް ގެންދަނީ ހާމަކުރަމުންނެވެ.

ޖަލްސާގައި މިހާތަނަށް ވާހަކަ ދެއްކެވި ކެނޑިޑޭޓުން ވިދާޅުވީ، ޕީޕީއެމްގެ ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އެއްގޮތަަށް ކަމަށެވެ.

އެއީ ވިސްނުންފުޅަކީ ތަރައްގީގެ ވިސްނުންފުޅު ކަމަށާއި، އިސްލާމްދީިން ހިމާޔަތްކޮށް، ބޭރު ގައުމުތަކުގެ އުނގަށް ނުވެއްޓުން ކަމަށްވެސް ކެނޑިޑޭޓުން ވިދާޅުވިއެވެ.