ޚަބަރު

" އިންޑިއާ އައިޑިއާސް ކޮންކްލޭވް" ގައި ރައީސް ނަޝީދު ވާހަކަފުޅުދަަައްކަވައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

އިންޑިއާ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވަމުންދާ ހަ ވަނަ އިންޑިއާ "އައިޑިއާސް ކޮންކްލޭވް" ގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިޔާގެ ގުޖުރާތުގައި ކުރިއަށްދާ "އައިޑީއާސް ކޮންކްލޭވް" ގައި އެގަމުއުމުގެ ފޮރިން ސެކްރެޓަރީ ޑރ. އެސް. ޖައިޝަންކަރަންއާ އެކުގައި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޮންކުލޭވްގެ އިނޯގްރަލް ސެޝަންގައި ރައީސް ނަޝީދުގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގް އާއި ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ އަދި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ސުރޭޝް ޕްރަބޫ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާ "އައިޑިއާސް ކޮންކްލޭވް" ގައި ބައިވެރިވުމަށް ރައީސް ނަޝީދު އިންޑިއާ އަށް ފުރައިވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. މި ދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.