މާފަންނުގައި ހުރި ގެއެއްގެ ވައިގޮޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އިއްޒުއްދީން މަގުގައި ހަތް ފަންގިފިލާއަށް ހަދާފައި ހުރި މ.ކަކޮޅަސްގޭގެ ވައި ގޮޅީގައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އަދި ވައިގޮޅީގެ ތެރޭހުރި ކުނިތަކެއްގައި ރޯވިއަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް ފަޔާ ޓީމުން އެ ސަރަހައްދުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެއީ އިމާރާތުން ދުން ބޭރު ކުރުމުގެ މަސައްކަތް ކުރުމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފެއް ނުވެއެވެ.