ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އެކަން އިފްތިތާހު ކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ހެލްތު މިނިސްޓްރީން ބުނީ ނ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު އެ ހިދުމަތް ހޯދުމަށް މަނަދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން މިއީ ނ. އަތޮޅުގައި ހުރި ރިސޯޓްތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވީހިނދު ނ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރެވިގެންމިދާ ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
ނ. މަނަދޫއަކީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ އަތޮޅުގައި 15000 މީހުން ދިރިއުޅެއެވެ.