ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް، "ކަލިނަރީ އޮލިމްޕިކްސް"ގައި ބައިވެރިވެ ފަހުރުވެރި ވަނަތައް ހޯދި ހެރިޓަންސް އާރަށް ރިސޯޓުގެ ޓީމު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
މި މަހުގެ 14 އިން 19 އަށް ޖަރުމަނުގައި ކުރިއަށްގެންދިޔަ 25 ވަނަ ކަލިނަރީ އޮލިމްޕިކްސްގައި 12 މަޑަލް ހޯދި ޓީމު ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ހެރިޓަންސް އާރަށް ރިސޯޓުގެ ޓީމުން މުބާރާތުގައި ހޯދި މެޑަލްތަކުގެ ތެރޭގައި ހިމެނެނީ ހަތަރު ރަން މެޑައްޔާއި ހަތް ރިހި މެޑަލްގެ އިތުރުން ދެ ލޯ މެޑައްޔެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ރިސޯޓަކުން އެއްފަހަރާ މިހާ ގިނަ މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި 59 ގައުމަކުން 2000 އަށްވުރެ ގިނަ ޝެފުން ބައިވެރިވެފައިވެއެވެ. އެކި ކެޓަގަރީތަކުން 7000 އަށްވުރެ ގިނަ ފުޑް މެނޫ ބައިވެރިކުރި މި މުބާރާތުގައި އެތަކެތި ޖަޖުކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ޖަޖުން ހިމެނޭ ޕެނަލަކުންނެވެ.