ޚަބަރު

ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި

އަލީ ޔާމިން

‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާހިލާފު ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު، ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން އަންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން ދާތީ އެކަން ބަލަމުން އަންނަ ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް "ވަން" އަށް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި އެފަދަ ވޯކްޝޮޕްތައް ބާއްވަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އެގިފައިވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވޯކްޝޮޕްތައް ބާއްވަމުން ދަނީ ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއަކުންނެވެ.

ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.