އަލީ ޔާމިން
ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެ ކުއްޖާގެ ދޮން ބައްޕަގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިދީފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 9:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން ރިޕޯޓުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 9:20 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.