ޚަބަރު

ފްރަންޓް ލައިންގައި މަގުމަތީ ހަރަކާތްތެރިވާ ފުލުހުން އަނެއްކާވެސް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

އަލީ ޔާމިން

ފްރަންޓް ލައިންގައިި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން އަނެއްކާވެސް ބޮޑީ ވޯން ކެމެރާ (ބީޑަބްލިޔުސީ) ބޭނުން ކުރަން ފަށައިފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ފްރަންޓް ލައިން ޑިއުޓީގައި މަގުމަތީގައި ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުންގެ ރައްކާތެރިކަމަށާ ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް އެއްކުރަން ފަސޭހަވެގެންދާނެ ކަމުގައެވެ.

އަދި އެކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތުގައި ބޮޑީ ކެމެރާ ބޭނުންކުރުމާ ބެހޭ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓް

ފުލުހުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައިވެސް ބޮޑީ ކެމެރާ ބޭނުންކޮށްފައެވެ. އެއިރު ބޮޑީ ކެމެރާ ބޭނުންކޮށްފައިވަނީ ހަމައެކަނި މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުން އެކަންޏެވެ.