ޚަބަރު

އިބޫ، އިމްރާނާ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ އާއިލާއާ ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅުން އިންތިހާބު ކާމިޔާބުކުރެއްވުމާއެކު އެކިއެކި ސިޔާސީ ހައްޔަރީން ދޫކޮށްލަމުންދާ އިރު، އިމްރާން ހުރީ ޓެރަރިޒަމްގެ ކުށުގައި، އިއްވި 12 އަހަރުގެ ހުކުމެއް ކޮށްފައެވެ. އިމްރާން މިވަގުތު ގޭ ބަންދުގައި ހުރި ނަމަވެސް، ޖޫން މަހާ ހަަމައަށް އެބޭފުޅާ ހުންނެވީ މާފުށީ ޖަލުގައެވެ.

އިމްރާންގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގައެވެ. އިމްރާންގެ ހުކުމާ ގުޅޭގޮތުން އދ.ގެ ވޯކިން ގްރޫޕުންވެސް ބުނެފައި ވަނީ އެ ހުކުމް އިންސާފް ނޫން ކަމަށެވެ.

އިލެކްޝަންސްއިން އިއުލާން ކުރި ވަގުތީ ނަތީޖާގައިވާ ގޮތުން، އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.

އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ ޝެއިހް އިމްރާން ރައީސްކަން ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީވެސް ހިމެނޭ ގުޅިފައިވާ އިއްތިހާދުން ވާދަކޮށްގެންނެވެ. އެ އިއްތިހާދުގައި އެމްޑީޕިގެ އިތުރުން ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީއެވެ.