އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވާފައި ވަނީ އިހުތިޔާރު ކުރައްވައިގެން ނޫން ކަމަށާއި، އެއީ މަޖުބޫރުން އަައްޔަން ކުރައްވާފައިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިއަށްދިޔަ އެއްމެދު އިމާރާތުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ބިލަކީ ރިއަސްޓޭޓް ބިލެއް، ކަމަށެވެ.
އަދި މިއީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުހައި، ހުށަހެޅި ބިލެއް ކަމަށާއި، އޭރު ގުޅީފަޅުގެ ޕްރޮޖެކްޓެއް ވެސް ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އޭރު މި ބިލު ގާނޫނަކަށް ނުވެ އޮއްވާ، ގުޅީފަޅު އިންވެސްޓްމަންޓުން ހިންގި އިމާރާތްތަކުން 140 އާއިލާއަށްވުރެ ގިނަ ފަރާތް މަގހުމަތިވެފއިވާ ކަމަށް ވިދާޅުވިއެވެ. އެއީ ފައިސާ ދައްކާފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު އިބްރަހިމް ރަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެކަމަށް ހައްލު ހޯއްދެވުމަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް ގުޅީފަޅު ރައްޔިތުންނަށް ހައްގު ހޯދައިދީފައި ނުވާތީ މިނިސްޓަރުގެ އިސްތިއުފާއަށް މެންބަ ގޮވާލެއްވިއެވެ.
މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސްއޫލިއް ޔަތު ވަޒީރުންނަށް އަދާނުކުރެވޭ ކަމަށެވެ.
އެކަން އެހެންވަނީ ރައީސް އައްޔަން ކުރައްވަނީ އެމަނިކުފާނު އިހުތިޔާރު ކުރައްވާ ވަޒީރުންނަށް ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން ހޮވާފައި ހުންނަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމުގައި މިހާރު ތިއްބެވި ގިނަ ވަޒީރުންނަކީ ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރުކުރއްވައިގެން އައްޔަން ކުރައްވާފައި ތިއްބެވި ފަރާތްތަކެއް ނޫން ކަމަށެވެ.
އަދި އެއީ މަޖުބޫރުން، ވަކި ޕާޓީތަކުން ފޮނުވާ ބަޔަކު ކަމަށާއި، ގާބިލްކަން ނެތަސް ކޯލީޝަން ޕާޓީތަކުން ފޮނުވާ ބޭފުޅުން ވަޒީރުކަމަށް ނަންގަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެއީ ގާބިލު ވިޔަސް ނުވިޔަސް، އަދި ކޮންމެ ގޮތަކަށް އޮތަސް، އަދި ކޮންމެ ޖިނާއީ ކުށެއް ކޮށްފައި ހުރިކަމުގައި ވިޔަސް އެ ޕާޓީއަކުން ފޮނުވާ މީހެއް ނަގަންޖެހެނީ. އެހެންވީމާ، ރިޔާސީ ނިޒާމުގައި ރައްޔިތުން އިހުތިޔާރުކުރާ ރައީސަކަށް މި ނިޒާމުގައި ނޯވޭ، ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރުކުރާ ވަޒީރަކު ނެގުމުގެ ފުރުސަތެއް މިއީ އެންމެ ބޮޑު މައްސަލައަކީ،" މެންބަރު ރަޝީދު ވިދާޅުވިއެވެ.