ޚަބަރު

ސަރުކާރުގެ ހަރަދުތައް މެނޭޖްކުރަން ކޮންސަލްޓެންޓެއް ހޯދަނީ

އަލީ ޔާމިން

1

ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީގެ ފިސްކަލް އެފެއާސް ޑިޕާޓްމެންޓްގެ ދަށުން "އިކޮނޮމިކް އެންޑް އެކްސްޕެންޑިޗާ" ޕޮލިސީ ޔުނިޓެއް ގާއިމްކޮށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދަން ކަމާ ގުޅޭ ތަޖުރިބާކާރެއް ބޭނުންވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިނެއްގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ފޮނުވުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް މެނޭޖު ކުރުމަށް ހާއްސަ ކޮންސަލްޓެންޓެއް ހޯދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އައި ހީނަރުކަމާ އެކު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެގޮތުން މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި، ކެޕިޓަލް ހަރަދުތަކާއި، ދަތުރުފަތުރުގެ ހަރަދުތަކާއި، އިދާރީ ހިންގުމުގެ ހަރަދުތަކާއި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައި ވެއެވެ. އަދި ކޮންމެހެން ފާހަގަކުރަން ޖެހޭ ދުވަސްތައް ފިޔަވައި އިތުރު ދުވަސްތައް ފާހަގަ ނުކޮށް، މުވައްޒަފުންގެ އޯވަޓައިމް ލިމިޓް ކުރުމަށް ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަަކަށް ވަނީ އަންގާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟