ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ ދޫނިދޫ ޖަލުގެ ހާލަތު ބައްލަވައިލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މެންދުރުފަހު ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ޙާލަތު ބައްލަވައިލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސް ސޯލިޙުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ އާއި، ހޯމް މިނިސްޓަރު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް ދޫނިދޫ ޖަލަށް ވަޑައިގެންނެވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވައި، ސިޔާސީ ބޭފުޅުން ހައްޔަރުކުރައްވާފައި ބޭތިއްބެވި ގޮޅިތަކާއި، ޖަލުގެ އާންމު އެހެން ގޮޅިތައް ބައްލަވައިލެއްވިއެވެ.

އަދި ޖަލުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ހުރި ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވައި، އެކަންކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާ އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ.