މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 91 އަހަރުގައި މުބާރަކް އަވަހާރަވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މުބާރަކުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ 2011 ވަނަ އަހަރު އެ ގައުމުގައި ކުރި މުޒާހަރާތަކުގަ އެވެ. އެގޮތުން މުބާރަކުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސް ވަންދެން ގާހިރާ، އިސްކަންދަރިއްޔާ ފަދަ ސިޓީތަކުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބާރުގެ ބޭރުން ކުރުމުން ވަނީ ގިނަ އަދަދެއްގެ އާންމުން ވެސް މަރުވެފަ އެވެ. ނަމަވެސް މުބާރަކް ވިދާޅުވީ އެއްވެސް މީހަކު މެރުމަށް އެމަނިކުފާނު އަމުރު ނުކުރައްވާ ކަމަށެވެ.
މިސްރުގެ ހަތަރު ވަނަ ރައީސްގެ ގޮތުގައި މުބާރަކް ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރުގައެވެ.