ޚަބަރު

އެމެރިކާ ރައީސްގެ ޑޫމްސްޑޭ މަތިންދާބޯޓު ވީއައިއޭގައި ޕާކުކޮށްފި

އެމެރިކާގެ ރައީސް ދަތުރު ކުރައްވާ އެއާ ފޯސް ވަންގެ ބެކަޕެއްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓު ކަމަށްވާ ޑޫމްސްޑޭ ޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފިއެވެ.

ގާތްގަނޑަކަށް 223 މިލިއަން އެމެރިކާ ޑޮލަރުގެ ބޯއިން މަރުކާގެ އެ މަތިންދާބޯޓަކީ އެމެރިކާގެ ރައީސް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އެއާ ފޯސް ވަންއާއެކު ގެންދާ ބޯޓެކެވެ.

އެއީ ހަނގުރާމަވެރި ހާލަތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެ މަތިންދާބޯޓުގައި ހުންނަވައިގެން އެމެރިކާގެ ރައީސަށް ގައުމުގެ ކަންކަން ހިންގުމުގެ ފުރުސަތު ދިނުމަށެވެ.

އެ ބޯޓު އުފެއްދީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ރައީސަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކޮށް، މަތިންދާބޯޓުގައި ހުންނަވައިގެން ގައުމުގެ ކަންކަން ބެލެހެއްޓުމަށް ފުރުސަތު ދެއްވުމަށެވެ. އެގޮތުން މި ބޯޓަކީ ނިއުކްލިއާ ބޮމުގެ އަސަރު ނުކުރާ ފަދަ ގޮތަކަށް ތައްޔާރު ކޮށްފައިވާ ބޯޓެކެވެ.

ޑޫމްސްޑޭ މަތިންދާބޯޓު ވީއައިއޭގައި މިއަދު ޖައްސާފައިވަނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އިންޑިއާއަށް ވަޑައިގެންނެވި ފަހުންނެވެ.

މިއީ އެމެރިކާ ރައީސުން ބޭނުން ކުރައްވާ މަތިންދާބޯޓެއް ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެއާޕޯޓެއްގައި ޖެއްސި ފުރަތަމަ ފަހަރެވެ.

ޑޫމްސްޑޭ ޕްލޭން އުފެއްދީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ރައީސަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކޮށް، މަތިންދާބޯޓުގައި ހުންނަވައިގެން ގައުމުގެ ކަންކަން ބެލެހެއްޓުމަށް ފުރުސަތު ދެއްވުމަށެވެ.