ކ. ރިހިވެލި ރިޒޯޓް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 11:39 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަރުވެފައިވަނީ ޔުކްރެއިން އަށް ނިސްބަތްވާ 48 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށާއި މަރުވެފައިވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ފިޓު ޖެހުމުން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.