އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ 18:00 އަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވަނީ މިއަދު 15:00 އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 6-56 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވަން ޖެހޭ އިންތިހާބެކެވެ.
ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ ކުރިއަރުވާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހުއެވެ.