ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައި ނުގަނެ އަލުން ކޮމިޓީއަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނުނަށް ހުށަހެޅި އިސްލާހު ބަލައި ނުގަނެ، އެ ބިލް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮމިޓީން އެ ބިލް ދިރާސާކުރުމަށްފަހު މަޖިލިސް ތަޅުމަށް ގެނައި ގޮތަށް ފާސްކުރަން ވޯޓަށް އެހުމުން ބިލް ފާސްކުރަން ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. ނަމަވެސް ބިލް ފާސްކުރަން ނުފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.

ބިލް ފާސްނުކުރަން މަޖިލީހުން ފާސް ކުރުމުން، މަޖިލީހުގެ ނާއިބު ރައީސް ދެން ވޯޓަށް އެއްސެވީ ބިލު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުން މިބިލް ދިރާސާކުރުމަށް އަލުން އަނބުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރިއެވެ.