ޚަބަރު

މަކުނުދޫ ކައިރީގައި ފީނަން އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި

އަލީ ޔާމިން

4

ހދ. މަކުނުދޫ ކައިރީ ފީނަން އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. މިޔަރު ދަތް އެޅުމުގެ ސަބަބުން އެ ޒުވާނާގެ މޭމަތި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އަދި ޒަހަމްވި ޒުވާނާއަށް މަކުނުދޫ ސިއްހީ މަރުކަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އެނގިފައިވާ ގޮތުގައި ޒަހަމްވެފައިވަނީ ފ. ބިލެތްދޫ ފާނަ މަސްވެރިކަން ކުރާ ދޯންޏެއްގައި މަސައްކަތް ކުރާ ލ. މާވަށު ޒުވާނެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟