ހައްޖަށް ގެންދާނެ ކަމަށް ބުނެ ތިން މީހެއްގެ އަތުން ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމަށް އަލްފަތްހު ހައްޖު އެންޑް އުމްރާ ގުރޫޕުގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފައެވެ.
އެކޯޓުން މިގޮތަށް ހުކުމް ކުރީ 2015 ވަނަ އަހަރު ހައްޖަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އެ ފަރާތްތައް ހައްޖަށް ގެންގޮސްދީފައި ނުވާތީ، ފަތުހު ގުރޫޕާއި ދެކޮޅަށް ދައުވާކުރި މައްސަލައިގައެވެ.
އަލްފަތުހު ގުރޫޕުން ވަނީ އެ އަހަރު ހައްޖަަށް ގެންދާނެ ކަމަށް ބުނެ އިސްލާމިކް މިިނިސްޓްރީން ދޫކޮށްފައިވާ 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް 72 މީހެއްގެ އަތުން ފައިސާ ނަގާފައެވެ. ނަމަވެސް މި މައްސަލައިގައި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގައި ހައްގު ގެއްލުނު ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމުގެ ގޮތުން ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސެންޓަރުން އިއުލާނު ކުރުމުން އެކަމަށް އިޖާބަދިނީ ތިން ފަރާތަކުން ކަމަށެވެ. އެހެންކަމުން ދައުވާގައި އެ ސެންޓަރުން ތަމްސީލުކޮށްފައި ވަނީ އެ ތިން ފަރާތް ކަމަށް އެ ސެންޓަރުން ބުނެއެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން މި ދައުވާ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ 25 ވަނަ ދުވަހުއެވެ.