ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކޮނޑު ކަށިގަނޑުގައި ރެނދުލައިފި، ދެ މީހަކު މާލެ ގެންނަނީ

ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ، ފުވައްމުލަކު ސިޓީ ދިގުވާޑު ކުރިކެޓް ސްޓޭޑިއަމް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކާއި ގާޑިޔަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވަނީ މިރޭ 7:05 އެހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކުރިކެޓް ސްޓޭޑިއަމް ކައިރިން އިރުން ހުޅަނގަށް ދުއްވާފައި ސައިކަލެއް ގާޑިޔާ ހުރަސް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގި ވަގުތު، ސައިކަލުގެ ފަހަތުގައި 16 އަހަރުގެ އަންހެން ކުއްޖަކު ވެސް އިނެވެ.

ފުލުހުން ބުނީ އެ ކުއްޖާއަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 64 އަހަރު ދުއްވަން އިން މީހާގެ ކޮނޑުގައި ރެނދުލައި އެކިވެރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި ގާޑިޔާ ދުއްވަން އިން 32 އަހަރުގެ މީހާގެ ފަޔަށް އަނިޔާވެ އަތާއި ބޮލުގެ ތެޔޮހަން ގޮސް، އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ދެ މީހުންނަށް ވެސް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އިތުރު ފަރުވާ ދިނުމަށް ދެމީހުން ވެސް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.