ޚަބަރު

ޓެރަރިޒަމްގެ މައްސަލައެއްގައި ނައިފަރުގެ ތިން ގެއެއް ފާސްކޮށް، ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

އަލީ ޔާމިން

ޓެރަރިޒަމްގެ މައްސަަލައަކާ ގުޅިގެން ޅ. ނައިފަރު ތިން ގެއެއް ފާސްކޮށްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 21 ވަނަ ދުވަހު ހުށަހަޅާފައިވާ ޓެރަރިޒަމްގެ މައްސަލަޔަކާ ގުޅިގެން ޅ. ނައިފަރުގައި ދިރިއުޅޭ ތިން މީހެއްގެ ގެ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ގެތަކުން ފޯނާއި ބައެއް އިލެކްޓްރިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައިވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި މައްސަަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.