މުއިއްޒުގެ މައްޗައްކުރާ ދައުއާއަކީ މޭޔަރު ކަމަށް ކުރިމަތިލެއްވުމުން އެބޭފުޅާގެ އަބުރުކަތި ލެއްވުމަށްކުރާ ދައުވާއެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ އެހެން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުއިއްޒު މިރޭ 8:00 އަށް ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށްފަހު ނުކުމެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
އަދުރޭ ވިދާޅުވީ މިވެރިކަން ގެނައީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ފޮނި އުއްމީދާއެކުގައި ކަމަށާއި ނަމަވެސް މިއަދު ވެރިކަން ހިނގަމުންދަނީ އެމްޑީޕީގެ އިސްސަފުގައި ތިބި މަދު ބައެއްގެ ލާބަ އާއި މަންފާއަށް ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުން ބޭނުންވަނީ އެރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެއްވާނެފަދަ މެންބަރެއްކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ، މުއިއްޒަކީ ކުރިން ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް މާލޭގެ ރައްޔިތުންގެ އެހީތެރިކަމާއެކު މާލޭ ސިޓީގެ މޭޔަރުގެ ގޮނޑި މުއިއްޒަށް ކާމިޔާބު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.