އިސްލާމް ދީނުގެ ހަމަތަކުގެ މަތިން މެންބަރު ކަމުގެ ޒިންމާ އަދާނުކުރެވޭ މީހުން މަޖިލީހުގެ މެންބަރު ކަމަށް ފައި ނުނެގުމަށް އައްޝައިޚު އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަކީ މޮޅު، ނުވަތަ ކޫލް ކަމެއް ނޫން ކަމަށެވެ.
''އެއީ ވަރަށް ބޮޑު ޒިންމާއެއް. އެޒިންމާ އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އަދާނުކުރެވޭ މީހުން އެކަމަށް ފައި ނުނަގާށެވެ.'' ޝައިޚު ޒައިދުގެ ޓުވީޓުގައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ޕާޓީތަކުން ފުރުސަތު ހުޅުވާލައި، ޕްރައިމަރީ ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.