ޚަބަރު

ވައިކަރަދޫއަށް މަރުވެފައި އޮތް ކިނބުލެއް ލައްގައިފި

ހދ. ވައިކަރަދޫއަށް މަރުވެފައި އޮތް ކިނބުލެއް ލައްގައިފިއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު "ވަން" އަށް ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓުގެ އެ ކިނބޫ ލައްގާފައި އޮއްވާ ފެނުނީ އިރުއޮއްސި 6:15 އެހާކަންހާއިރު ރަށުގެ އިރުމަތީކޮޅުގެ އަތިރިމަތިން ކަމަށެވެ.

އެ ކިނބޫ ފެނުމުން އެމްއެންޑީއެފަށާއި ފުލުހުންނަށް އަންގާފައިވާ ކަމަށާއި އަދި ކައުންސިލުގެ ބެލުމުގެ ދަށުން ރައްކާތެރި ގޮތަކަށް ކިނބޫ ނައްތާލުމަށް އަންގާފައިވާ ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރާއްޖެއިން އެކި ފަހަރު މަތިން ކިނބޫ ފެނިފައިވެ އެވެ.