އަލިފާނުގެ ހާދިސާ

ދެ އިމާރާތް ދޭތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

އިބްރާހިމް ޒަކީ

ހެންވޭރުގައި ހުރި ދެ އިމާރާތް ދޭތެރޭގައި ހުރި ހަނިތަންކޮޅުގައި ހުރި ކުނިތަކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ކުނިތަކުގައި ރޯވުމާއެކު ފަޔާޓީމުން އެތަނަށްގޮސް އަލިފާން ނިންވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ، ބޮޑު ތަކުރުފާނު މަގުގައި، ކެފޭ އެކްސްޕްރެސް ހުންނަ ބިލްޑިންގާއި، ދަ ކޮކޮއާ ޓްރީސް ހުންނަ ބިލްޑިންގާ ދޭތެރޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް، އަދި އެއްޗަކަށްވެސް ގެއްލުމެއް ނުވެއެވެ.