ނުވަ މީހުންނާއެކު ނައިޓް ފިޝިންއަށް ދިޔަ ދޯންޏެއް ކޮއްދިއްޕަރު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:30 ހާއިރު ކަމަށެވެ.
ފަރަށް އެރި ދޯނީގައި ތިބީ ތިން އަންހެނުންނާއި ހަ ފިރިހެނުން ކަމަށާއި ފަރަށް އަރާފައިވަނީ 65 ފޫޓުގެ "އެންދެރި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 11:40 ހާއިރު ދޯނި ފުން ކުރެވިފައިވާ ކަމަށާއި ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ދޯންޏަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.