ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބިރުވެރި ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޝިފާގެ ޓުވީޓުގައި މާލޭގެ ޕަބްލިކް ފާހަނާތައް މުޑުދާރުކަމުގެ މައްސަލަ ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މާކެޓް ގޮޅި ސަޕްލަޔަރުންނަށް ބައްޓަންކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަކަމަށް ހަދައިގެން ހުރިނަމަ ރަނގަޅުވީސް ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ.
"ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ބިރުވެރިކަމެއް. ވަކިން ހާއްސަކޮށް މާލޭގެ ޕަބްލިކް ފާހާނާތައް މުޑުދާރުވެ، މައްސަލަ ބޮޑުވުން. މާކެޓު ގޮޅި ސަޕްލަޔަރުންނަށް ބައްޓަންކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރިނަމަ ރަނގަޅުވީސް،" މޭޔަރު ވިދާޅުވިއެވެ.
ޝިފާ މިހެން ވިދާޅުވާއިރު ޝިފާއަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުކުރެވިފައެވެ. އެގޮތުން މީގެ ކުރިން ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ހަދާ ޕާކާއި ފާހާނާ ބަރީގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކައުންސިލުގެ ބައެއް މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ.