ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ އާދަމް ވިދާޅުވީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރަށް ހަލާދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހާގެ ހާލު ސީރިއަސް ކަމަށް އާދަމް ވިދާޅުވިއެވެ.
ރޭ ހަމަލާ ދީފައިވާ ވޮޗަރަކީ ނޭކުރެންދޫ މީހެއް ކަމަށް އާދަމް ވިދާޅުވިއެވެ. އެމީހާގެ އާއިލާއާ ހަވާލާދީ އާދަމް ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށާއި ނޭކުރެންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެމީހާ ކުޅުދުއްފުއްޓަށް ރޭ ގެންދެވިފައިވާ ކަމަށެވެ.
މިހާރު މަސައްކަތް ކުރަމުންގެންދަނީ އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމަށް ކަމަށް އާދަމް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ ޒަހަމުވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.