ޚަބަރު

ފައިބަރު ބޯޓެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ދެފެންދޭތެރެއަށް އަޑިއަށް ގޮސްފައިވާ ފައިބަރު ޕޯޓެއް އޮޔާގެންދާތީ ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، 37 ފޫޓުގެ އެ ފައިބަރު ބޯޓު އޮޔާގެންދަނީ ހއ. ދިއްދޫ އާއި ހއ. ވަށަފަރާ ދޭތެރެއަށް ހުޅަނގުއުތުރަށް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.