ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުލްގަނީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، މެޖިސްޓްރޭޓް އަމްޖަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.
ނަމަވެސް އޭނާއާ ގޮތުން ބަލަމުންދަނީ ކޮންކަހަލަ މައްސަލައެއް ކަމެއް ޖޭއެސްސީ އަކުން ހާމައެއް ނުކުރެއެވެ.
މެޖިސްޓްރޭޓް އަމްޖަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމާފައިވާއިރު، އެކޮމިޝަނުން ދާދި ފަހުން ވަނީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ފަށައިފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.