ޚަބަރު

ރައީސް ސޯލިހު، ރިނބުދޫއަށް ވަޑައިގެންފި

އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދ. ރިނބުދޫއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ރިނބިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި ރިނބުދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށުގައި ހަދާފައިވާ ސަގާފީ މަގާއި ފުޓްސެލް ދަނޑު ހުޅުއްވައިދެއްވައި "މަރިޔަންމާ" ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން މިރޭ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފްލާ ރައީސް ޝަރަފުވެރި ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.