މެދުރާއްޖެ ތެރޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ރިޕޯޓްކުރި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 12:45 ގައި ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު މައުލޫމާތު ފުލުހުން ނުދެއެވެ.
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރުވެފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމަން ޝަރުއީ ކޯޓުތަކަށް އަންގައިފައެވެ.