މިދިޔަ މަހޖެނުއަރީ މަހު ޖުމުލަ 8560 މީހަކަށް ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އާންމު ކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭގައި ހުންނަ އިމިގްރޭޝަނުގެ މައި އޮފީހުން 8433 މީހަކަށް ވޯކް ވިސާ ދޫކޮށްފައި ވެއެވެ. އަދި ރީޖަނަލް އޮފީސްތަކުން 127 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން މިދިޔަ މަހު 912 ބިޒްނަސް ވިސާ ދޫކޮށްފައިވާނެ ކަމަށާއި، 54 ސްޓޫޑަންޓް ވިސާ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ޑިޕެންޑެންޓް ވިސާގެ ގޮތުގައި ދޫކޮށްފައިވަނީ 205 ވިސާ ކަމަށާއި، ސްޕެޝަލް ވިސާގެ ގޮތުގައި ޖުމުލަ 43 ވިސާ ދޫކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. މީގެ އިތުރުން އެހެނިހެން ކެޓަގަރީތަކުގެ 90 ވިސާ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު އިމިގްރޭޝަނުން އަލަށް ވޯކް ވިސާ ދޫކޮށްފައި ވަނީ ޖުމުލަ 2،502 މީހުންނަށެވެ.